cfItwl Ilwa
cSwmwkirevcswm UDcawa cniaOkcfim
...Inwvcawrukctwkcawswm cnwncneg caebWligcniaWa


މިފްކޯއިން އައްޑޫގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ މަސްވެރިކަމުގެ ޕްރޮޖެކްޓް ފެށުމުގެ ކުރިންވެސް އައްޑޫއިން މަސް އެކްސްޕޯރޓްކުރުމަށް މަސައްކަތްކުރާނެކަމަށް މިފްކޯއިން ވާނީ ދަންނަވާފައެވެ. މިކަމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އައްޑޫއިން ކޮންޓެއިނަރގައި ކަނޑުމަގުން ރާއްޖެއިން ބޭރަށް މަސް ބޭރުކުރެވޭނެ މަގުވަނީ ފަހިވެފައެވެ. މިގޮތުން މިމަހުގެ 29ވަނަ ދުވަހު ހިތަދޫ ކޮމާރޝަލް ޕޯޓުން 6 ކޮންޓެއިނަރ މަސް މެޑީޓަރޭނިއަންގެ ޤައުމަކަށް ޝިޕްކުރެވޭނެއެވެ.

ނަމަވެސް އައްޑޫއިން މެޑިޓަރޭނިއަން ސަރަހައްދަށް އެކްސްޕޯރޓްކުރުމަށްޓަކައި މިފްކޯއަށް ލިބިފައިވާ ފްރައިޓް ރޭޓަކީ 20 ފޫޓް ގެ ކޮންޓެއިނަރއަކަށް 4600 ޔޫ.އެސް ޑޮލަރެވެ. މިއީ މަސްޓަނަކަށް 350 ޔޫ.އެސް ޑޮލަރަށްވުރެވެސް ބޮޑު ފްރައިޓެކެވެ. ފްރައިޓްރޭޓް މިހާ ބޮޑުވުމުން މަހާއި މަހުގެ އުފެއްދުންތަކަށް ރަނގަޅުއަގު ހޯދުމަށް މިފްކޯއިން ހުއްޓުމެއްނެތި ކުރާމަސައްކަތަށް ރަނގަޅު ކާމިޔާބީއެއް ވަނީ ނުލިބިފައެވެ. މިފްކޯއިން އަދި އެހެނިހެން ކުންފުނިތަކުންވެސް އާއްމުކޮށް މަސްވިއްކާ ބެންކޮކް ބާޒާރަށް މަސް އުފުލުމަށް ފްރައިޓަށް ޖެހެނީ އެއުފުލޭ ބޯޓުގެ ސައިޒަށްބަލާ މަސްޓަނަކަށް 115 އާއި 130 އެމެރިކާ ޑޮލަރާއި ދެމެދުގެ އަގެކެވެ. މިހެންކަމުން ޔޫރަޕުން ބޮޑު އަގު ލިބުނުކަމުގައި ވިޔަސް އެހިސާބަށް މަސް ފޯރުކޮށްދިނުމުގައި ބޯޓުފަހަރު ދުއްވާ ކުންފުނިތަކުން ރަނގަޅު ފްރައިޓެއް މިފްކޯއަށް ނުލިބޭނަމަ މިއާ ބާޒާރުތަކަށް މަސް ފޮނުވުމުގައި ކާމިޔާބީ ހާސިލްކުރުމަށް ދަތިވާނެއެވެ.

މިހާރު މިއަދަދަށް ހަމައެކަނި ކޮންޓެއިނަރު އެކްސްޕޯރޓްކުރެވެނީ މިވަގުތު އެބަނދަރުން ކަރަންޓު ޚިދުމަތް ދެވެންހުރީ ހަމައެކަނި 6 ކޮންޓެއިނަރަށް ކަމަށްވާތީއެވެ. މިފްކޯގެ އުއްމީދަކީ ވީހާވެސް އަވަހަކަށް އެބަނދަރުން ގިނައަދަދެއްގެ ކޮންޓެއިނަރަށް ކަރަންޓް ގުޅޭނެގޮތެއްވެގެންދިޔުމެވެ. އަދި މިހާރަށްވުރެ ފްރައިޓް ރޭޓް އަގުހެޔޮކުރުމަށްޓަކައި އެބަދަރުން 40 ފޫޓްގެ ކޮންޓެއިނަރ ގެންގުޅޭވޭނެ ހޭންޑްލިންގް އިކުއިޕްމަންޓް ވީހާވެސް އަވަހަކަށް ފެނިގެން ދިޔުމެވެ

v


© 2006 www.dhivehivindhu.com ©
May 25, 2007