އަޅުގަނޑުގެ
ވޯޓު
ޤާސިމަށްދޭން
ޖެހުނު
ސަތޭކަ
ސަބަބު
ޤާސިމަށް
ވޯޓުދޭންޖެހުނު
ދެވަނަ ސަބަބު
1-
އެންމެ
އިޚުލާސްތެރި
ކެންޑިޑޭޓު
ޤާސިމަކީ
އެމަނިކުފާނުގެ
ބަހާޢި
ޢަމަލުން
އެމަނިކުފާނުގެ
އިޚުލާސްތެރިކަން
ދައްކަވާފައިވާ
ބޭފުޅެކެވެ. ރިޔާސަތަށް
ކުރިމަތިލައްވާފައިވާ
ކެންޑިޑޭޓުންނަށް
ބަލާއިރު
ބޭވަފާތެރިކަމާއި
ހަރާމްކޯރުވުން
އަދި
ބޭޒާރުކުރުން
އެންމެކުޑަކޮށް
ފެންނަނީ
ޤާސިމްގެ
ކިބައިންނެވެ.
ފުރަތަމަ
އިޚުލާސްތެރިވާންޖެހެނީ
ދީނަށެވެ. ޤާސިމަކީ
ދީނުގެ
ޢަދާވާތްތެރިންނާއި
ގުޅި އެފަދަ
މީހުންނަށް
ވާގިވެރިވެފައިވާ
މީހެއްނޫނެވެ.
އަދި ލާދީނީ
ނުވަތަ
ޣައިރު ދީނީ
ކަންކަމުގައި
ބައިބައިވެރިވެ
އެކަންކަމަށް
ހިތްވަރުދެއްވާ
ބޭފުޅެއްނޫނެވެ.
ދީނާއި
ދެކޮޅު
ނުވަތަ
ދީނުގެ
ކަންފުޅެއްނެތި
އުޅޭ
މީހުންގެ
ތެރޭގައި
ހިމެނޭ
ބޭފުޅެއްނޫނެވެ.
މިސްކިތްބިނާކުރުމުން
ފެށިގެން
އެތައް
ކަމެއް
ދީނަށްޓަކައި
ކޮށްދެއްވާފައިވެއެވެ.
ޤާސިމަކީ
މިޤައުމަށް
އިޚުލާސްތެރި
ބޭފުޅެކެވެ.
އެމަނިކުފާނު
އުފަންވެވަޑައިގަތީއްސުރެ
މިހާތަނަށް
ހިންގުނު
ސިޔާސީ އެއްވެސް
މުޢާމަރާއެއްގައި
އޭނާ
ބައިވެރިވެވަޑައިނުގަންނަވައެވެ.
އަދި
ސަރުކާރު
ބަދަލުކުރަން
ކުރެވުނު
އަމަލެއްގައި
ބައިވެރިވެވަޑައިނުގަތުމުގެ
އިތުރަށް
އެއިން
ބަޔަކަށް
ވާގިވެރިވެވަޑައިގެންފައިވެސް
ނުވެއެވެ.
ނާޖާއިޒު
އަދި
ހީލަތްތެރި
ގޮތްތައް
ބޭނުންކުރައްވައިގެން
މިޤައުމުން
ފައިދާ ހޯއްދަވާފައެއް
ނުވެއެވެ. މިޤައުމުން
ލިބިވަޑައިގެންނެވި
ނަފައެއް
ނުވަތަ
ފައިދާއެއްވެސް
އަލުން
އަނބުރާ ދެއްވާފައިވަނީ
ދިވެހިންނަށެވެ.
ޙައްޤުނޫން
ނުވަތަ ޣައިރު
ޤާނޫނީ
އުކުޅުތައް
ބޭނުންކުރައްވައިގެން
ޒާތީ
މޮޅުތަކެއް
ހާސިލެއްނުކުރައްވައެވެ.
ޤާސިމުގެ
މޮޓޯއަކަށްވެވަޑައިގެންފައިއޮތީ
ޤައުމު
ތިމާއަށް
ކޮށްދޭ
ކަމެއް ނުބަލައި
ތިމާ
ޤައުމަށް
ކަން
ކޮށްދިނުމެވެ.
ޤާސިމަކީ
ސަރުކާރަށް
ވަރަށް
އިޚުލާސްތެރި
ބޭފުޅެކެވެ.
ފާއިތުވި
ތިރީހަކަށް
އަހަރު ދިވެހި
ސަރުކާރަށް
އެތައް
ގޮތަކުން
އޭނާވަނީ
ޚިދުމަތްކުރައްވާފައެވެ.
ސަރުކާރަށް
ޖެހިވަޑައިގެންނެވި
ކޮންމެ ބޮޑުކަމެއްގައި
އޭނާގެ
އެހީތެރިކަން
ސަރުކާރަށް
ދެއްވާފައިވެއެވެ.
މިހުރިހާ
ކަމަކަށް
ރިއާޔަތްކުރާއިރު
ޤަބޫލުކުރަން
މަޖުބޫރުވަނީ
ވެރިކަމުގެ
ގޮނޑީގައި
އަމިއްލަ
އެދުން
އެންމެކުޑަކޮށް
ބަހައްޓަވާނެ
ބޭފުޅަކަށް
ޤާސިމްވާނެކަމަށެވެ.
އެއީ އޭނާގެ
އިޚުލާސްތެރިކަން
ހުރިގޮތަށް
ބަލާއިރު
ޤަބޫލުކުރަންޖެހޭގޮތެވެ.
ޤާސިމަކީ ޅިޔަން
ފަހަރިންނަށް
ނުވަތަ
ގާތްތިމާގެ
މީހުންނަށް
ނުވަތަ
އެކުވެރިންނަށް
ދިވެހި ޤައުމު
ވިއްކަވާނެ
ނުވަތަ
ދެއްވާނެ
ބޭފުޅެއްކަމަށް
ޤަބޫލުކުރާނެ
އެއްވެސް
ހެއްކެއް ނެތެވެ.
ޤާސިމުގެ
އިޚުލާސްތެރިކަން
ޤައުމުގެ ހުރިހާ
ހިސާބަކުން
ފެނެއެވެ.
ސަރުކާރާއި
އަމިއްލަ
އިދާރާތަކުންނެވެ.
އިޖުތިމާޢީ
މަސައްކަތްތަކުންނެވެ.
އިޤުތިޞާދީ
ސިނާޢަތުންނެވެ.
ނިކަމެތި
ފަގީރުންގެ
ބޭނުންތަކުންނެވެ.
ކިޔެވުމަށް
ފެންބޮވައިގެންފައިވާ
ޒުވާނުންގެ
އެދުންތަކުންނެވެ.
ބަލިހާލުގައި
ގޮތެއް ނެތި
އެނދުމަތިކުރެވިފައިތިބި
ބަލިމީހުންގެ
ޝިފާތަކުންނެވެ.
ޤާސިމުގެ
އިޚުލާސްތެރިކަމުގެ
ސަބަބުން އޭގެ
ބަދަލުގައި
އޭނާއަށް އެކައްޗެއްވެސް
ނުލިބެއެވެ. އެއީ
ބަދަލުވުމެއްނެތް
ފިޠުރަތުގެ
ޤާނޫނެވެ. އަދި
އެފަދަ
ބަދަލެއް
ހޯދުމަށް
އޭނާ އެދިވަޑައިނުގަންނަވާމެއެވެ.
މިސަބަބަށްޓަކައި
އަޅުގަނޑު
ވޯޓުލާނީ ޤާސިމަށެވެ.
(ނުނިމޭ)