ޤާސިމަށް
ވޯޓުދޭންޖެހުނު
ހަތަރުވަނަ
ސަބަބު
1-
އެންމެ
ހިތްތިރި ކެންޑިޑޭޓު
ހިތްތިރި
މީހުންނަކީ
މަދުބައެކެވެ.
ތިމާ އުފެދުނުގޮތާއި
ފެށުނު ގޮތް
ހަނދާން
ހުންނަ
މީހުން
އެއަށްވުރެ
މަދެވެ.
އަމްދުން
ބޮޑު މަޤާމެއް
ލިބުމުން
ނުވަތަ
ތަނަވަސްކަމެއް
ލިބުމުން
ތިމާއަށް
ތިމާ އޮޅެއެވެ.
ބޮޑާކަމާއި
ކިބުރުވެރިކަމުން
ތިމާ
ޒީނަތްތެރިވުމަކީ
ދުނިޔަވީ
އާއްމު އުސޫލެކެވެ.
އެކަމަކު
ޤާސިމަކީ
ވަރަށް
ތަފާތު ބޭފުޅެކެވެ.
އޭނާއަށް
ލިބިވަޑއިގެންނެވި
ތަނަވަސްކަމާއި
މަޤާމުގެ
ސަބަބުން
އޭނާއަށް
އައި
ބަދަލެއްނެތެވެ.
ބައެއް
މީހުންގެ ނަޒަރުގައި
ޤާސިމަކީ
ރައްޔިތުންގެ
ޚާދިމެކެވެ.
އަނެއް
ބައެއްގެ
ނަޒަރުގައި
އެހާ
ސާދާކޮށް
ހިތްތިރިކޮށް
ޤާސިމް
އުޅުއްވަނީ
އޭނާއަށް
އިންސާނާގެ ނިކަމެތިކަމާއި
ޟަޢީފުކަން
އިހުސާސްކުރެވޭތީއެވެ.
ޤާސިމްގެ
ހިތްތިރި
ވާހަކަ
ދައްކާއިރު
އެންމެ
ފުރަތަމަ
އޭނާގެ
އަމިއްލަ
ދިރިއުޅުއްވުމަށް
ބައްލަވާށެވެ.
އުޅުއްވާ
ގެއަކީ
އާދައިގެ
ޖިފުޓިއެވެ.
ކައިބޮއިހަދަނީ
އެންމެ
އާދައިގެ ދިވެހިންގެ
ކޮއްތެވެ.
ސަވާރީއަކީ
ގިނަ ފަހަރަށް
މޮޓޯސައިކަލެކެވެ.
ގެންގުޅުއްވާ
ފޯނާއި
އަތުކުރިގަޑިއަކީ
އާދައިގެ
ނުވަތަ
މެދުމިނުގެ
ތަކެއްޗެވެ.
ގިނައިން
އުޅުއްވާނީ
އާދައިގެ
މީހުންނާއެކުއެވެ.
ރައްޓެހި
ރަހުމަތްތެރިނޫން
މީހަކާއި
ދިމައެއްނުވާނެއެވެ.
ރާއްޖޭގައި
ފޯނަށް
ޖަވާބުދެއްވުމުގައި
ޤާސިމްވަރެއްނެތްކަމަށް
ގިނަ މީހުން
ހެކިވެއެވެ.
އެންމެ
މުހިންމު
ބައްދަލުވުންތަކުގައި
އިންނަވާފައިވެސް
ފޯނަށް
ޖަވާބުދެއްވައެވެ.
ޖަވާބު
ނުދެއްވޭކަމަށްވަންޏާ
ޖަވާބު
ނުދެއްވުނު
ނަންބަރަށް
ގުޅުއްވައެވެ.
މައްސޫލިއްޔަތާއި
މަސައްކަތުގެ
ގޮތުން
ޤައުމުގައި
އެންމެބޮޑަށް
އަވަދިނެތި އުޅެންޖެހޭ
މީހުންގެތެރޭގައި
ހިމެނޭ ބޭފުޅަކަށް
ވާއިރު
ރައްޔިތުންގެ
ގޮވާލުންތަކަށް
އިޖާބަދެއްވޭކަމީ
ހިތްތިރިކަމުގެ
ލާމަސީލު ކަމުގެ
މިސާލެކެވެ.
އދި ވަކިން
ޚާއްޞަކޮށް
ފާހަގަކުރެވޭ
ކަމަކީ އޭނާ
އިޖާބަ
ދެއްވާ ގިނަ
ކޯލްތައް
އެހެން
މީހުންގެ
މުހުތާދުތަކާއި
ގުޅިފައިވާކަމެވެ.
މީހުންނާއި
ބައްދަލުކުރެއްވުމުގައިވެސް
ޤާސިމަކީ
އާދަޔާއި
ޚިލާފް
ނަމޫނާއެކެވެ.
އޭނާގެ
އަމިއްލަ
ކަންކަމުގައި
އައިސްތިބޭ އިސް
މުވައްޒަފުންނަށްވުރެ
ގިނަ ވަގުތު
އަބަދުވެސް
ޤާސިމް
ދެއްވަނީ
މެހުމާނުންނަށެވެ.
އޭނާއާއި
ބައްދަލުކުރަން
އަންނަ މީހުންނާއި
އަބަދުވެސް
ބައްދަލުކުރައްވަނީ
ހެޔޮ
ހިތަކާއިގެންނެވެ.
އެމީހުންގެ
ވާހަކަތައް
ބަރާބަރަށް
އައްސަވައެވެ.
މިޤައުމުގައި
ދެންތިބި
އެފަދަ މީހުންނަށް
ބަލާއިރު
ޤާސިމުވަރުގެ
ހިތްތިރި ބޭފުޅަކުނެތޭ
ދެންނެވިދާނެއެވެ.
ރިޔާސީ
ކެންޑިޑޭޓުންގެތެރޭގައި
ތިއްބެވީ
އެއްވަރުގެ
ތަކައްބުރު
ބޭފުޅުންނެވެ.
މައުމޫނާއި
ޙަސަން
ސަޢީދެވެ.
އިބުރާއާއި
މުޙައްމަދު
ވަޙީދެވެ.
މިހެންގޮސް
ތިބި އެންމެނަށް
ބަލާއިރު
އެންމެ
ސަހަލު ބޭފުޅަކަށް
ހުންނެވީ
ޤާސިމެވެ.
މިޤައުމުގެ
ވެރިކަމަށް
މިއަދު
ބޭނުންވަނީ
ހިތްތިރި
ސާދާ ސީދާ
ބޭފުޅެކެވެ.
އާދައިގެ ރައްޔިތެއްފަދައިން
ރައްޔިތުން
ގޮވައިގެން
އުޅޭނެ
ވެރިއެކެވެ.
ވެރިކަމަށް
ނިކުމެތިބި
މީހުންނަށް
ބަލާއިރު
އެމީހަކީ
ޤާސިމް ފިޔަވާ
ދެވަނަ
މީހެއްނޫނެވެ.
މިސަބަބަށްޓަކައި
އަޅުގަނޑު
ވޯޓުލާނީ ޤާސިމަށެވެ.
(ނުނިމޭ)