އަޅުގަނޑު
ޑރ. ޝަހީދާ
ކުރަން
ބޭނުންވާ
ސުވާލު-
"އަޅުގަނޑުމަގާމުން
އިސްްތިއުފާދިނީ
ސަރުކާރާ
ނުވަތަ
ރައީސް މައުމޫނާ
އެއްވެސް
މައްސަލައެއް
އޮވެގެންނެށް
ނޫން.
އަޅުގަނޑު
ސަރުކާރަށްވެސް
އަދި މައުމޫނަށްވެސް
ބުރަވާނެ
އެއްވެސް
ކަމެެއް
ނުކުރާނަން.
އެފަދަ
ބަހެއްވެސް
ނުބުނާނަން.އަޅުގަނޑު
ޕާޓީ އޮފީހަށްްވެސް
ދާނަން. ޑީއާރުޕީއަށް
ހިދުމަތްކުރުން
މަތީ
ދެެމިހުންނާނަން.
ދެދުވަހެއް
ފަހުން ޕާޓީ
އޮފީހަށްްވެސް
ނުކުންނާނަން."
ޑރ.ޝަހީދުއެވެ.ޝަހީދު
ނިކަން
ބުނެބަލާށެވެ.މިއީ
ހަމަ
ތިޔަދުލުން
ނުބުނާވާހަކަތައް
ހެއްޔެވެ؟ ތިޔަ
ޝަހީދުގެ
އަޑުން
ރެކޯޑީންގ
އަޑުއަހައިލަން
ކެރިދާނެ
ހެއްޔެވެ؟
ޑރ.ޝަހީދުއަކީ
އެއްއަނގައިގައި
ި އެތައް
ދޫތަކެއް
ގެންގުޅެޭ މީހަކަށްވާތީ
މިކަންކަން
ހަނދާންނެތުމަކީ
ވަރަށްއެކަށީގެންވާކަމެކެވެ.
ޝަހީދަކީ
އެއްފަހަރު
ދައްކާ
ވާހަކަ އަނެއްފަހަރު
ދަންކަންއެގޭ
މީހެއްނޫނެވެ.
ގަސްދުގައި
ނުދައްކަނީކަމެއް
ނުވަތަ ހަދާން
ނުހުންނަނީ
ކަމެއްނޭނގެއެވެ.
އެނގޭކަމަކީ
މިގޮތައް
މިކަން ހިގަމުންދާ
ކަމެވެ. އެއްފަހަރު
ދައްކާވާހަކަ
ދެވަނަފަހަރު
އެގޮތަށްް
ނުދައްކާކަމެވެ.
ސަރުކާރުގެ
ސިޔާސަތުދޯދިޔާކަމަށްް
ވިދާޅުވެ
އިސްތިއުފާދެއްވި
ބޭފުޅުން
އަޅުގަނޑުމެންނަށް
ވަނީފެނިފައެވެ.
ޝައިޚު
އަލީހުސައިންދީދީ،
އުސްތާޛު
މުހަންމަދު ޖަމީލު
ދީދީ ފަދަ
އެތައްބޭފުޅެކެވެ. އެބޭފުޅުން
އެބޭފުޅުންގެ
ގޮތުގައި
ދެމިތިއްބެވިއެވެ.
ދިހަބާރަ
އަނގައިން
ވާހަކަތަކެއް
ނުދައްކަވައެވެ.
އެހެންކަމުން
އެބޭފުޅުން
ވެގެންދިއައީ
ރައްޔިތުންގެ
ލޯބި
ފުރިހަމައަށް
ލިބިވަޑައި
ގެންނެވި
ބޭފުޅުން
ކަމުގައެވެ.
ނަމަވެސް
ޝަހީދުއާއި
ޝަހީދުގެބައިވެެރިންގެ
ބަހާއި
އަމަލު
އެއްވެސް
ވަރަކަށް
ދިމައެއްނުވެއެވެ.
ނިދަން
އޮށޯތީ ރައީސްމައުމޫނުއަށާއި
އެމަނިކުފާނުގެ
ސަރުކާރަށް
ތައުރީފުކޮށް
ހަމްދުސަނާ
ކިޔަމުންނެވެ.
ޝަހާދަތްކިޔުމުގެ
ބަދަލުގައިވެސް
ކިޔާފައިވަނީ
މިދެންނެވި
ފަދަބަސްތައް
ކަމަށް
ގަބޫލުކުރެވެއެވެ.
ނަމަވެސް
ނިދިން
ހޭލެވުނުއިރު
މިހިރީހުރިހައި
ކަމެއް
ބަދަލުވެފައެވެ.
ސުނާމީއެއް
އެރުންފަދަ
ގޮތަކަށެވެ.
ނުވަތަ ތަނެއްގައި
ރޯވެއަނދައިހުލިވުން
ފަދައިންނެވެ.
ހުރިހާކަމެއް
މުޅިން އަނދައި
ދިއައީއެވެ.
ބިންމަތީގައި
ހުރީ މުޅިންވެސް
އަނގުރު
އަލިފާނެވެ.
ސަލާމަތް ވެވެންވެސް
ނެތީއެވެ.
މިކަންކަމުގެ
ހަގީގަތް
ހޯދޭނެ
ފެންވަރުގެ
ސައިންސްވެރިއަކުވެސް
މިދުނިޔެއަކު
ނެތެވެ.
ޝަހީދުގެ
ޖަމާއަތުން
މިފަދަ
ސައިންސްވެރިން
ހޯދަން
މިހާރުގެންދަނީ
މަސައްކަތްކުރަމުން
ކަމަށްވެދާނެއެވެ.
ހަރުދަނާގޮތުގައި
ގައުމުބިނާކުރުމަށް
ތެދުވެރިކަމާއެކު
މަސައްކަތްކުރަމުން
ގެންދާނަމަ
ކޮންމެ މީހަކުވެސް
ބުނަންވާނީ
ހައްގު ތެދު ބަހެވެ.
ކުރަންޖެހޭނީ
ހައްގުތެދުވެރި
އަމަލެވެ.
މިދެކަންކުރުމުގައި
ފެއިލްވެއްޖެނަމަ
އިސްލާހުކުރެވޭނެ
ހަމައެއްވެސް
ކަމެއްނޯންނާނެއެވެ.
މިސާލެއްގެ
ގޮތުން
ބަލަންބޭނުންނަމަ
ފެއިލްވެފައިވާ
ސަރުކާރުތަކާއި
ބަނޑަށްޖެހިފައިވާ
ގައުމުތަކަށް
ބައްލަވާށެވެ.
އެގައުމުތަކަށް
އެފަދަ
ހާލަތުމެދުވެރިވި
ސަބަބާއިމެދު
ވިސްނަވާށެވެ.
ސަބަބުތައް
ހޯއްދަވައި
ފުރިހަމައަށް
ދިރާސާކުރެއްވުމުން
ފެނިވަޑައިގަންނަވާނީ
މިދެންނެވިފަދަ
ނަތީޖާތަކެވެ. މިދެންނެވިފަދަ
އެތައް ކަންތައްތަކެކެވެ.
ޝަހީދުމެންގެ
ޖަމާއަތުން
އެއްވެސް
ތެދެއްބުނެ
ކަމެއް
ހާމަކުރާނަމަ
އެކަމަކީ
ރައީސްމައުމޫނުގެ
ސަރުކާރުގެ
ސިޔާސަތުގެ
ތެރެއިންހިމެނޭ
ކަންކަމެވެ.
އަމިއްލައަށް
ބަހެއް
ބުނާނަމަ
ތިއަހަދަނީ
ރަތްލާޖެހި
ބޮޑެތިދޮގުތަކެވެ.
މިއީފެންނަންހުރި
ހަގީގަތް
ކަމަށްވާއިރު
މިއަދު
ޝަހީދުމެންގެ
ޖަމާއަތުން ތިއަ
އަނބުރާ ފިޔަނެތް
ފަންކާތަކުން
ދިވެހިރައްޔިތުންނަށް
ލިބޭނެ
އެއްވެސް
ފިނިކަމެއްނެތެވެ.
ނުވެސްއޮންނާނެއެވެ.
ދިވެހިގައުމަކީ
ކުރިއަރައި
ތަރައްގީވާން
ބޮޑެތިމަސައްކަތް
ތަކެއްކުރަމުންދާ
ގައުމެކެވެ.
އެހެންކަމަށްވާއިރު
ފުރިހަމަކުރަންހުރި
އެތައްކަންތައްތަކެއް
ހުންނާނެ ކަމަށް
ގަބޫލުކުރަންޖެހެއެވެ.
މިކަންކަން
ފުރިހަމަނުކުރެވި
ދިގުލައިގެން
ދިއައީ
ނުވަތަ
މިދަނީ
ހަމަތިއަ ޝަހީދުމެންގެ
ފެންވަރެއް ނެތީމައެވެ.
އެއޗވެސް
ފެންވަރެއްނެތް
ދެފުށްދެގޮތްު
ބައަކާއި
ޒިއްމާތަކެއް
ހަވާލު
ކުރެވުނީތީއެވެ.
ޟަހީދުމެންގެ
އިޚްލާސްތެރިކަމެއް
ނެތީމައެވެ.
ތެދުވެރިކަމެއްނެތީމައެވެ.
ރައްޔިތުންނަށް
ޚިދުމަތްކުރުމުގެ
ނަމުގައި
އަމިއްލަ
އެޖެންޑާތަކެއް
ފުރިހަމަކުރަން
ޟަހީދުމެން މަސައްކަތްކުރީތީއެވެ.
މިއަދު
އަޅުގަނޑުމެން
ބޭނުމީ ތިއްފަދަ
ދެބޯގެރިންނާ
އެއްއަނގައިގައި އެތައްބައިވަރު
ދޫތަކެއް
ބާއްވައިގެން
ތަޅުވަމުން
ގެންދާބައެއްނޫނެވެ.
ކަންކަމުގެ
ހަގީގަތާއެކު
ރައްޔިތުންނާއި
ކުރިމަތިލައި
ރައްޔިތުންގެ
އިހްސާސްތައް
ދެނެގަނެގެން
ރައްޔިތުންނާއި
އެކު
ކުރިއަށްދިއުމުގެ
ފުރިހަމަ
ގާބިލުކަން
ލިބިފައިތިބި
ތެދުވެރި
ކެރޭ ހީވާގި
ފަހުލަވާނުންނެވެ.
ދެފަހަރު
ދެގޮތަށް،
ދެމާނަދޭހަކޮށްގެން
ވާހަކަދައްކައި
އަދި
އަމަލުކުރާ
މީހުންނަށް
ކިޔައި
އުޅެނީ މުނާފިގުންނެވެ.
މުނާފިގުންނާއި
ވައިއެޅޭހިސާބަށް
ކައިރިވުމަކީވެސް
ބިރުވެތި ވާންޖެހޭކަމެކެވެ.
މިއީ
ގަބޫލުކުރަންޖެހޭ
ކަންކަމެވެ.