" ރާއްޖޭގެ
ތައުލީމީނިޒާމަށް
ތައުރީފު ހައްގު.
" މރ.ރިޗަރޑް
ދުނިޔޭގެ
ގައުމުތަކުގެ
ނިސްބަަތުން
ރާއްޖޭގައި
ތައުލީމު
އާންމުކުރުމަށާއި
ތައުލީމީފެންވަރު
މަތިކުރުމަށް
ސަރުކާރުން
ދެއްވަމުން
ގެންދަވާ
ސަމާލުކަމަށްޓަކައި
ރައްޔިތުން ޝުކުރުވެރިވުން
ހައްގުކަމުގައި
މރ. ރިޗަރޑް
ވިދާޅުވީ
ރާއްޖޭގައި
މަހެއްހައި
ދުވަހު
އުޅުއްވައި
ރާއްޖޭގެ
ތައުލީމީހާލަތާއިމެދު
އެކަށީގެންވާ
ވަރަށް
މައުލޫމާތު
ހޯއްދެވުމަށްފަހުގައެވެ.
މރ.
ރިޗަރޑް އަކީ
އޮސްޓްރޭލިއާގެ
ރައްޔިތެކެވެ.
ދިރިއުޅުއްވަމުން
ގެންދަވަނީ
އިންޑިއާގައެވެ.
އަމިއްލަ
ދެކުންފުންޏެއް
ހިންގެވުމުގެ
އިތުރުން
އިންޑިއާގެ
ތައުލީމީ
މުއައްސަސާތަކަށް ޚާއްސަކޮށް
ސަރުކާރުން
ހިންގާ
މުއައްސަސާތަކަށް
ޒިޔާރަތް
ކުރެއްވުމަކީ
މރ.ރިޗަރޑްގެ
ހޮބީއެކެވެ.
މރ.ރިޗަރޑް
އަކީ
އާއިލީގޮތުން
ތައުލީމީދާއިރާއާއި
ވަރަށް
ގުޅުންބަދަހި
ބޭފުޅެކެވެ.
ސަބަބަކީ
މުނިމުނިކާފައިން
ފެށިގެން
ވާރުތަވަމުން
އަންނަ
ކޮލެޖެއް
މިހާރުވެސް
އާއިލާއިން ހިންގަމުން
ގެންދާތީއެވެ.
ރާއްޖޭގައި
ޗުއްޓީހޭދަކުރުމަށް
އަރިއަތޮޅުގެރިސޯޓެއްގައި
ހޭދަކުރެއްވި
ދުވަސްތަކުގައި
އަރިއަތޮޅުގެ
ދެބުރީގެ 11
ރަށަކަށް
ވަޑައިގެން
އެރަށްރަށުގެ
ސްކޫލްތައް
ހިންގަމުން
ގެންދާގޮތުގެ
މައުލޫމާތު
މރ.ރިޗަރޑް
ވަނީ
ހޯއްދަވައިފައެވެ.
އަދި
މާލޭގައި
މަޑުކުރެއްވި
ހަތަރު ދުވަހު
މާލޭގެ
ސްކޫލްތައް
ހިންގަމުން
ގެންދާގޮތްވެސް
ވަނީ
ބައްލަވައިފައެވެ.
ބައެއް
ޓީޗަރުންނާއި
އަދި
ސްކޫލްތަކުގެ
ވެރިންނާއިވެސްވަނީ
ބައްދަލުކުރައްވައިފައެވެ.
މރ.ރިޗަރޑް
ވިދާޅުވީ
ދިވެހިރާއްޖެފަދަ
އަލަށް
ފަށައިގަނެގެން
ކިޔަވައިދެމުން
ގެންދާ
ގައުމެއްގައި
ތައުލީމީދާއިރާއިން
ހޯދައިފައިވާ
ކާމިޔާބީތަކަކީ
ރައްޔިތުން
ޝުކުރުވެރިކަމާއެކު
ބަލައިގަންނަންޖެހޭނެ
ބޮޑު
ކާމިޔާބީއެއްކަމުގައެވެެ.
(
ރާއްޖޭގައި
އިނގިރޭސި
ތައުލީމުގެ
ބިންގާ
އެޅިފައިވަނީ1960
ގައެވެ.
ގްރޭޑް
11އުފެއްދެވީ
ރައީސް މައުމޫނެވެ.
)
"
ދުނިޔޭގެ
ވަރަށްމަދު
ގައުމެއްގައި
ނޫނީ
ތައުލީމުދެމުން
ގެންދަނީ
އެގައުމެއްގެ
މާދަރީބަހުން
ޚާއްސަކޮށް
ސަރުކާރުން
ހިންގާ
ތަންތަނުގައި
މުޅިންހެން
ކިޔަވައިދެމުން
ގެންދަނީ
ގައުމުގެ
މާދަރީބަހުން.
އިނގިރޭސިބަސް
ނުވަތަ
އެނޫންވެސް ބޭރުބަހަކުން
ކިޔަވަންބޭނުންނަމަ
ޖެހޭނީ
ބެލެނިވެރިން
ބޮޑުޚަރަދު
ކޮށްގެން އިންޓަރނޭޝަނަލް
ސްކޫލްތަކަށް
ފޮނުވަން. މިއީ
މުޅިދުނިޔޭގައިވެސް
މިކަން
ހިނގަމުން
ދާގޮތް. ސަރުކާރު
ސްކޫލްތަކުގައި
ބޭރުބަސްތައް
ކިޔަވައިދޭނީ
ހަމައެކަނި މާއްދާއެއްގެ
ގޮތުގައި."
ކަމަށް
މރ.ރިޗަރޑް ވިދާޅުވިއެވެ.
"މިގޮތަށް
ބައިނަލް
އަގްވާމީ
މީޑިއަމަކަށް
ގައުމުގެ
ހުރިހާކުދިންނަށް
ކިޔަވައި
ދިނުމަކީ
ވަރަށް
ޚަރަދު ބޮޑުކަމެއް.
އަދި
ކުރަންވަރަށް
އުނދަގޫވެސް
ކަމެއް. އެކަމަށް
ގާބިލު
އެދުރުން
ހޯދުމަކީ
ވަރަށް
ދަތިކަމެއް. އެހެންވެ
ގިނަގައުމުތަކުގައި
އެގޮތަށްކިޔަވައި
ދެމުންގެންދަނީ
."
ރާއްޖޭގެވެރިކަމާ
ރައީސްމައުމޫނު
ހަވާލުވެވަޑައި
ގަތުމަށްފަހު
މުޅިރާއްޖޭގެ
އެންމެހައި
ރައްޔިތުންނަށް
ތައުލީމު އާއްމުކުރައްވަން
ހިންގަވަން
ފެއްޓެވި
އަސާސީތައުލީމުގެ
މަރުހަލާ ނިމުނުއިރު
މިވަނީ
މުޅިގައުމަށް
ބައިނަލްއަގްވާމީ
މީޑިއަމްއިން
ތައުލީމު
އާއްމުވެފައެވެ.
ދުނިޔޭގެ
އެންމެ
ގިނަބައަކު
އަދިވެސް
އެންމެ
އިސްކަން
ދެނީ
އިނގިރޭސި
ތައުލީމަށެވެ.
އެހެންކަމަށްވެފައި
ދިވެހިރާއްޖެފަދަ
ގައުމެއްގައި
ގައުމުގެ މުޅިތައުލީމީނިޒާމު
އިނގިރޭސި
މީޑިއަމަށް
އޮތުމަކީ
ހާދަބޮޑުކުރިއެރުމެއްކަމަށް
މރ.ރިޗަރޑް
ވިދާޅުވިއެވެ.
މރ.ރިޗަރޑް
ދެންފާހަގަ
ކުރެއްވެވީ ޔުނިވަރސިޓީ
ތައުލީމަށެވެ.
" ޔުނިވަރސިޓީ
ތައުލީމު
ކުރިޔަށްގެންދަން
ބަލާއިރު
ރާއްޖޭގައި
އަދި
އެފެންވަރުގެ
ދަރިވަރުން
ވަރަށްމަދު
ކޮލެޖް ނޫނީ
ޔުނިވަރސިޓީއެއް
ހިންގުމަކީ
ވަރަށް
ޚަރަދުބޮޑުކަމެއް.
ނަމަވެސް
އަހަރަކު
އެތައްސަތޭކަ
ކުދިން
ބޭރުގައުމުތަކަށް
ފޮނުވުމަށްވުރެ
ކުޑަޚަރަދަކުން އެކަން
ކުރެވޭނެ.
ރާއްޖެއަށް
ބޭނުން
ދާއިރާތައް
ފާހަގަކޮށް
އެދާއިރާތަކުން
ކުރިއަށް
ގެންދަންވީ.
ކޮންމެހެން
ހުރިހައި
ދާއިރާއަކުން
ކުރިއަށް
ގެންދިއުމަކީ
އެހައިމުހިންމު
ކަމެއްނޫން.
ގައުމަށް
އެންމެ
ބޭނުން އަދި
ދަރިވަރުން އެންމެ
ޝައުގުވެރިވާ
ދާއިރާތަކުން
ކުރިއަށް ގެންދިއައިމާ
ފުދޭނެ.
ރާއްޖެފަދަ
ޔުނިވަސިޓީ
ފެންވަރުގެ
ދަރިވަރުންމަދު
ގައުމެއްގައި
ޔުނިވަރސިޓީ
ތައުލީމު
ހަރުދަނާކޮށް
ކުރިއަށް ގެންދެވޭނީ
އެގޮތަށް."
ކަމަށް
މރ.ރިޗަރޑް
ފާހަގަ
ކުރެއްވެވިއެވެ.
އަދި
މިހާރުވެސް
ސަރުކާރުން
ޔުނިވަރސިޓީ
ތައުލީމު
އަމާޒުކުރައްވަން
މަސައްކަތް
ކުރައްވަމުން
ގެންދަވަނީ
މިފަދަ
އުސޫލަކުންކަން
ފާހަގަ
ކުރައްވައި
އެކަމަށްތައުރީފު
ކުރެއްވިއެވެ.
ކަންކަމަށް
ގާބިލު
ދިވެހިން
ތަމްރީނު
ކުރެއްވުމަކީ
ރައީސްމައުމޫނުގެ
ސަރުކާރުން
ވަރަށްބޮޑު
ސަމާލުކަމެއް
ދެއްވައިގެން
ކުރިއަށް
ގެންދަވާކަމެކެވެ.
ނުވެހުރިބައިގެ
ވާހަކަ
ދައްކާއިރު
ފުރިހަމަ
ކުރެވި މިހާރުވެސް
ކުރިއަށް
ގެންދަވާ ޚިދުމަތްތަކަށްް
ބަލައިލުމުން
ގިނަކަންތައްތަކަކުން
ބޮޑެތިކާމިޔާބީތަކެއް
ހާސިލކުރެވިފައިވާކަން
ޔަގީން
ކުރެވޭނެއެވެ.
ރައީސްމައުމޫނު
ރާއްޖޭގެ ސަރުކާރާއި
ހަވާލުވެވަޑައިގަތުމަށްފަހު
އެގާރަ
ބާރައަށް
ކިޔަވައި
ދެއްވާނެ
ތަނެއްބިނާ
ކުރެއްވެވީއެވެ.
ދެން
ބިނާކުރަންޖެހޭނީ
މެޑިކަލް
ކޮލެޖާއި
ސައިންސް ރިސާޗް
އިންސްޓިޓިޔުޓް
ތަކެވެ. ވީމާ
ކަންތައްތަކެއް
ރައީސްމައުމޫނުގެ
ސަރުކާރުން ކުރައްވައިފި
ކަމަށް
ގަބޫލުކުރަން
އެބަޖެހެއެވެ.
ގައުމަށްޓަކައި
ކޮށްދެއްވައިފި
ކަމަށްވެސް
ގަބޫލުކުރަން
އެބަޖެހޭނޫންތޯއެވެ.!