ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމުން 6 ބޭފުޅަކު ވަކިކުރައްވައި، ހުސްވި މެންބަރު ކަމުގެ ގޮނޑިއަށް 6 ބޭފުޅަކު ޢައްޔަން ކުރައްވައިފި

 

ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމުން 6 ބޭފުޅަކު ވަކިކުރައްވައި، ހުސްވި މެންބަރު ކަމުގެ 6 ގޮނޑިއަށް ރައީސުލްޖުމްހޫރިއްޔާ، 6 ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމުން ވަކިކުރެއްވި     ބޭފުޅުންނަކީ:

 

އަލްފާޟިލާ ޒާހިޔާ ޒަރީރާއި، އަލްފާޟިލް ބަންދު އިބްރާހީމް ސަލީމާއި، ޑޮކްޓަރ އަޙްމަދު ޝަރީފާއި، އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރާއި، އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދާއި، ޑޮކްޓަރ ފާތިން ޙަމީދެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމަށް އަލަށް ޢައްޔަން ކުރެއްވި ބޭފުޅުންނަކީ:  

އަލްފާޟިލް އަޙްމަދު ޒާހިރާއި، އަލްފާޟިލް ޢަބްދުއްރަޝީދު ނާފިޒާއި، އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު ޙުސައިނާއި، އައްޝައިޚު މޫސާ ނިޒާރާއި، އަލްފާޟިލް އަޙްމަދު މަޙްލޫފާއި، އަލްފާޟިލާ ރުޒައިނާ އާދަމެވެ.

 

މި 6 ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ  ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މެންބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

 

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިރަސްމިއްޔާތުގައި މިބޭފުޅުންނަށް ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުލް އުސްތާޛުއްޝައިޚު މުޙަންމަދު ރަޝީދު އިބްރާހީމެވެ.

 

http://www.presidencymaldives.gov.mv/images/spacer.gif