ފުލުހުންގެ ބިލާއި، ޢާންމު ގަވާއިދުތަކާބެހޭ ބިލް، ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފި
ޖުލައި 23 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި ”ފުލުހުންގެ ބިލް“ އާއި، 2008 ޖުލައި 29 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރެއްވި ”ޢާންމު ގަވާއިދުތަކާބެހޭ ބިލު“ ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ދެޤާނޫނު ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.
މި ދެޤާނޫނު
ރައީސުލްޖުމްހޫރިއްޔާ
ތަޞްދީޤު
ކުރެއްވީ، މިކަމަށްޓަކައި
މިއަދު
މެންދުރުފަހު
ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގައި
ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ފުލުހުންގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމަށްފަހު، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދާ މުއައްސަސާއެއް ކަމުގައި ހަމަޖެއްސެވިކަމުގެ ލިޔުމުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ. އަދި އެ ޤާނޫނުގެ 52 ވަނަ މާއްދާގެ (ށ)ގެ ދަށުން ކޮމިޝަނަރ އޮފް ޕޮލިސް ކަމަށް އާދަމް ޒާހިރު ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުމުގަޔާއި، އެޤާނޫނުގެ 54 ވަނަ މާއްދާގެ (ށ)ގެ ދަށުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޢަބްދުއްޝަކޫރު ޢަބްދުﷲ ޢައްޔަން ކުރައްވައި، އެކަމުގެ ލިޔުމުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ.
”ފުލުހުންގެ
ޤާނޫނު“ އަކީ
ދިވެހިރާއްޖޭގެ
ފުލުހުންގެ މަޤްޞަދާއި،
ދައުރާއި،
މަސްއޫލިއްޔަތުތަކާއި،
ވާޖިބުތަކާއި،
ތަބާވާންޖެހޭ ހަމަތަކާއި
އުސޫލުތަކާއި،
ހިންގުމާއި،
ލިބިދީފައިވާ
ބާރުތަކާއި،
އިމްތިޔާޒުތަކާއި ޙިމާޔަތްތަކާއި،
އަދި
މިނޫންވެސް
ދިވެހިރާއްޖޭގެ
ފުލުހުންނާބެހޭ
އެންމެހާ އުޞޫލުތައް
ކަނޑައަޅައި
ބަޔާން
ކުރުމުގެ ޤާނޫނެވެ.
”ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު“ އަކީ، ދިވެހިރާއްޖޭގައި ޢަމަލު ކުރަމުން ގެންދާ ގަވާއިދުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އެ ގަވާއިދެއް ހެދުމުގެ ބާރު ލިބިގެން ނޫންގޮތަކަށް ހަދާފައިވާ ގަވާއިދުތަކުގެ ތެރެއިން، ދައުލަތުގެ ހިންގުމުގެ ނިޒާމު ކުރިއަށް ގެންދިއުމަށާއި، ޢާންމު ރައްޔިތުންނަށް ޚިދްމަތް ދިނުމަށާއި، ޤާނޫނު ތަންފީޛު ކުރުމަށް މުހިންމު ގަވާއިދުތައް ކަނޑައަޅައި، އެ ގަވާއިދުތައް ހިންގުމަށް ވަގުތީ ގޮތުން ޤާނޫނީ ބާރު ލިބިދިނުމަށްޓަކައި އެކަށައަޅާފައިވާ ޤާނޫނެވެ.
ރައީސުލްޖުމްހޫރިއްޔާގެ
ވާހަކަފުޅުގައި،
މިއަދު އެމަނިކުފާނު
ތަޞްދީޤު
ކުރެއްވި
މިދެޤާނޫނަކީވެސް،
ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާ
އާ ޤާނޫނުއަސާސީ
ތަޞްދީޤު
ކުރެއްވުމުގެ
ކުރިން
ކޮންމެހެން
ތަޞްދީޤު
ކުރައްވަން ބޭނުންފުޅުވާ
ވަރަށް
މުހިންމު
ދެޤާނޫނު ކަމުގައި
ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅަށްފަހު، ޚަބަރުފަތުރާ ވަސީލަތްތަކުން ދެންނެވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވިއެވެ. އަދި ޚަބަރުފަތުރާ ވަސީލަތްތަކުން ސާފުކުރައްވަން އެދިވަޑައިގެންނެވި އިތުރު ކަންތައްތަކަށާއި، ކުރެއްވި އިތުރު ސުވާލުތަކަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނާއި، މިނިސްޓަރ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސް އަލްއުސްތާޛު މުޙަންމަދު ނަޝީދާއި، ކޮމިޝަނަރ އޮފް ޕޮލީސް އާދަމް ޒާހިރު ޖަވާބު ދެއްވިއެވެ.