ރާއްޖޭގެ އަދުލު އިންސާފު އޮޅާލެވިފައިވާތީ ހިޔުމަން ރައިޓްސްއިން އެކަން ކުށްވެރިކޮށްފި.

" ސާކު ސަރަހައްދުގައި އަދުލް އިންސާފު ގާއިމް ކުރުމުގެ ދާއިރާއިން އެންމެ ދޯދިޔާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ. އޭޝިޔަން ސެންޓަރ ފޮ ހިއުމަން ރައިޓްސް (އޭސީއެޗްއާރ) އިން ނެރުނު މިދިޔަ އަހަރުގެ އިންސާނީ ހައްގުތަކާ ބެހޭ ރިޕޯޓްގައި އަދުލް އިންސާފު އެންމެ ދޯދިޔާ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނިފައި ވަނީ ތިން ވަނައިގަ އެވެ.

އޭސީއެޗްއާރ އިން އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީއެއް ގެނައުމުގެ މަސައްކަތަށް ކުޑަ ކުރިއެރުމެއް ލިބިފައިވީ ނަމަވެސް ރާއްޖޭގެ އަދުލް އިންސާފުގެ ނިޒާމު މިނިވަން ކުރުމަށް އެއްވެސް ކަހަލަ ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. "

މިކަންކަމަކީ ދިވެހިން އެންމެ ކަންބޮޑުވާންޖެހޭ މައްސަލައެވެ. މިކަންކަމުން އެނގެނީ ރައީސް މައުމޫނުގެ ސަރުކާރުގައި މިކަންކަން އިސްލާހުކުރައްވަވަން ތިއްބެވި ވެރިން މިކަންކަން ކުރެއްވުމަށް ނުކުޅެދިފައިވީކަމެވެ. ރައީސް މައުމޫނުގެ ސަރުކާރުގެ އިސްވެރިންގެ ބާރާއި ނުފޫޒު އަދުލު އިންސާފުގެ ނިޒާމަށް ފޯރުވަމުން ގެނެސްފައިވާކަމެވެ.

ސީނިއަރު މިނިސްޓަރު ހަމީދާއި ކުރަފިސޮރު ޔާމީނާއި ދެބެއިންގެ ގޭންގުގެ ނުފޫޒުން ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު މިނިވަން ނުކުރެވި މިހައިތަނަށް އޮތްއޮތުަމަކީ ރައީސް މައުމޫނުގެ ސަރުކާރަށް ކުރިމަތިލާންޖެހިފައިވާ އެންމެބޮޑު ގޮންޖެހުންކަމުގައި ރައްޔިތުންގެ ގިނަބައަކު ގަބޫލުކުރެއެވެ.

ދައުލަތުގެ ބަންޑާރަ ނާއިބުކަންކުރި ހަސަން ސައީދާއި ޖަސްޓިސް މިނިސްޓަރުކަންކުރި ޖަމީލުމެން މިއަދު އެދައްކަމުންގެންދާ ވާހަކަތައް ބަލައި ގަނެވެން ސަބަބަކީ ފުރިހަމަ ބާރާއި އިޚުތިޔާރުލިބިގެން ރާއްޖޭގެ ޟަރުއީ އެންމެ އިސްމަގާމުތަކުގައި އެތައް އަހަރުދުވަހެއް ހޭދަކުރިއިރު ޟަރުއީ ނިޒާމުގަައި ހިމެނޭ އެއްވެސްކަމެއް ރަނގަޅުކޮށް އިސްލާހުކުރަން އެއްވެސް ކަމެއް ނުކުރާކަން މިފަދަ ބަޔާންތަކުން ހާމަވެއެވެ.

ހިޔުމަން ރައިޓްސް އިން ނެރެފައިވޢ ތިޕޯރޓުބުނާގޮތުން :

" ރާއްޖޭގެ އަދުލް އިންސާފު ގާއިމްކުރުމުގެ އެންމެ މަތީވެރިއެއްގެ ގޮތުގައި ރައީސް ހުންނަވާއިރު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާ މައްސަލަތަކާމެދު ކުރަމުންދާ ހުކުމަކީ އެއްވެސް ގޮތަކަށް އަދަބެއް ވަރުގެ ކަމަކަށް ނުވެފައި އެފަދަ މީހުން ކުރުމުއްދަތެއްގެތެރޭގައި ދެވަނަ ފަހަރަށް ވެސް ހަމަ ަެފަދަ އަމަލުތއްކުރުމަށް ފުރުސަތު ލިބޭގޮތަށް މީހުންގެ ތެރެއިން ދޫކޮށްލެވިފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް މިއަހަރުގެ ފެބުރުއަރީ މަހުގެ އެގާރަ ވަނަ ދުވަހު އެގަވާއިދަށް ބަދަލުގެނެސް ބަދުއަހުލާގީ މީހުން ޖަލަށްލާ ގޮތަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ. "

ފިރިހެންކުޅި ކުޅޭމީހުންނަށް ހުކުމްކުރުމަށް ރާއްޖޭގެ އަދުލު އިންސާފު އަދިވެސް ފަސްޖެހެން މަޖުބޫރުކުރުވާކަންްވަނީ ދާދިފަހުންވެސް ހާމަވެފައެވެ. ފުލުހުންނާއި އަތޮޅުވެރިންގެ ބަސް އުވާލައި ބ އަތޮޅުގައި އެކުޅިކުޅުނު ހަމީދުގެ ބޯއި ސަލާމަތްކޮށްފައިވާތީއެވެ.

" އޭޝިއާގެ އިންސާނީ ހައްގުތަކާ ބެހޭ ސެންޓަރުން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ މިދިޔަ އަހަރުގެ ތެރޭގައި ހަތަރު މީހަކުވެގެން ޅ.ކުރެންދޫގައި 12 އަހަރުގެ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާކަން ސާބިތުވެފައި ވަނިކޮށް އެކަމާ ގުޅިގެން އައި ހުކުމުގައި އެހަތަރު މީހުން އަށް މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމް ކޮށްފައިވާ ކަން ފާހަގަ ކޮށްފަ އެވެ. "

މިފަދަކަންކަމަކީ ދުނިޔޭގެ ހުރިހައި ގައުމެއްގައިވެސް ބޮޑެތި އަދަބުތައް ދެވޭކަންކަމެވެ. އަރުވާލުމަކީ އެއްވެސް އަދަބަކަށްނުވާއިރު އަރުވާލުމަކީ ދެވަނަފަހަރަށް މިފަދަ ކަންކަން ކުރުމަށްދެވޭ ބޮޑު ފުރުސަތެކެވެ.

" ރައީސް މައުމޫނު އަދުލް އިންސާފު ގާއިމް ކުރުމުގެ މަތީވެރިއަކަށް ހންނަވާފައި ި އަދި ހައިކޯޓުން އިއްވާ ހުކުމްތަކަށް ބޭނުންވާ ބަދަލުތަކެއް ގެނެވޭ ބޭފުޅަކަށް ވާއިރު އެފަދަ މައްސަލަތަކުގައި އެއްވެސް ވަރަކަށް އަޅާލެވިފައި ނުވާތީ " އެކަންވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުންނާއި އަދުލް އިންސާފު ގާއިމްކުރުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އެމަނިކުފާނު މިފަދަ އިންސާނިއްޔަތާ ހިލާފު ހުކުމްތަކަށް އެއްވެސް ކަހަލަ ޖަވާބުދާރީއެއް ވެފައެއް ނުވޭ“ އޭޝިއާގެ އިންސާނީ ހައްގުތަކާ ބެހޭ ސެންޓަރުގެ ޑިރެކްޓަރ ސުހާސް ޗަކުމާ ވިދާޅުވެފައި ވެއެވެ.

އަދުލް އިންސާފުގެ ދާއިރާއިން މިސަރަހައްދުގައި އެންމެ ދޯދިޔާ ގައުމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ބޫޓާން އެވެ. ދަވަނަ ގައުމަކަށް ހޮވިފައި ވަނީ ބަންގްލަދޭޝް އެވެ.

އިންސާނީ ހައްގުތަކާބެހޭ މިސަރަހައްދުގެ ސެންޓަރުން ނެރުނު ރިޕޯޓްގައި ދެން ހުރި ދާއިރާތަކުން ދިވެހި ރާއްޖޭގެ ހާލަތު ދައްކުވައި ދީފައި ވަނީ ހަވަނަ ނުވަތަ ފަސް ވަނާގަ އެވެ. އެހެން ކަމުން މުޅި ޖުމްލަކޮށް ބަލާއިރު ރާއްޖެ އައިސްފައި ވަނީ އިންސާނީ ހައްގުތަކަށް އެންމެ ދޯދިޔާ ގައުމުތަކުގެ ލކިސްޓްގައި ފަސް ވަނައަށެވެ.

                                              ރިޕޯރޓު : އަހްމަދު ސިރާޖު


 

 

 

Bottom of Form