މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ފުރިހަމަ ކާމިޔާބީއެއް ހޯއްދެވިދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ
4 އޯގަސްޓް 2008 (ހޯމަ)

 

މިއަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުގައި ފުރިހަމަ ކާމިޔާބީއެއް ހޯއްދެވިދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 15ވަނަ ސާކު ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ސްރީލަންކާ ބްރޯޑްކާސްޓިންގ ކޯޕަރޭޝަނަށް ރޭ ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.2009

 

ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 16ވަނަ ސާކު ސަމިޓުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވުމަށް ހުންނަވާނެ ކަމުގެ ކިހާ ޔަޤީންކަމެއް އެބައޮތްތޯ ދެންނެވުނު ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ދިވެހި ރައްޔިތުންގެ ތަރައްޤީއަށާއި ފާގަތިކަމަށްޓަކައި ކޮށްދެއްވަން ވިދާޅުވެ، ކުރައްވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކުގެ ސަބަބުން، ދިވެހި ރައްޔިތުން އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް 7ވަނަ ދައުރަކަށް ހޮއްވަވާނެކަމަށް ވިދާޅުވިއެވެ.

 

މިފަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވަން ބޭނުންފުޅުވާ އެންމެ މުހިންމު އެއް ސަބަބަކީ، ރާއްޖެއަށް އެމަނިކުފާނު ގެންނަވަން ފަށްޓަވާފައިވާ ފުރިހަމަ ޑިމޮކްރަސީއަކަށް ވާސިލުވުމަށްޓަކައި ގެންނަވަންޖެހޭ އިޞްލާޙީ ބަދަލުތައް ގެންނެވެން އޮތީ އަދި އިތުރު އެއް ދައުރު ވެރިކަމުގައި ހުންނަވައިގެން ކަމަށްވާތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސްރީލަންކާގެ ރުޕަވާހިނީއަށްވެސް ރޭ ބަސްދީގަތުމެއް ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ބަސްދީގަތުމުގައި އަލިއަޅުވާލެއްވީ ސާކްގެ ކުރިއެރުމުގެ މައްޗަށާއި، 15ވަނަ ސާކު ސަމިޓުން ނިންމެވި މުހިންމު ނިންމެވުންތަކުގެ މައްޗަށެވެ.

 

ފަނަރަވަނަ ސާކު ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސޗރީ ލަންކާއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވެވުމަށްފަހު ރައީސޗ މައުމޫނުގެ ދެކަނބަލުން މިއަދު ހެނދުނުވަނީ މާލެވަޑައިގެންފައެވެ.